އޮންލައިންކޮށް އުނގެނުމުގެ ތަޢުލީމުގެ ފުރުޞަތު(ހިލޭ )
ލިބިދޭ ބައެއް ސައިޓްތައް
މުދައްރިސުންނަކީ ޕްރީސްކޫލް
ކުދިންނަށް އުނގަންނައި ދިނުމުން ފެށިގެން މުސްކުޅިވުމާއި ހަމައަށްވެސް
އުނގަންނައި ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާބައެކެވެ. ކުޑައިރު
ކިޔަވަން ފުރުޞަތު ނުލިބިފައިވާ މީހުންވެސް އެކަމާއި ދެރަވެ ހިތާމަ ކުރުމުގެ
ބޭނުމެއްނެތެވެ. ޢިލްމު އުނގެނެން ބޭނުންވާ މީހަކަށް އެތައް ފުރުޞަތުތަކެއް މިހާރު
ބަވަނަ ވަމުން އަންނަ ދުނިޔޭގައި ވަނީ ފަހިވެފައެވެ.
ދުނިޔެ ކުޑަވަމުންގޮސް
ކުނބުރެއް ވަރަށް ވާނޭ މުސްކުޅިން ބުނިބަސް މިހާރު ތެދުކަން ހާމަވަމުންދެއެވެ.
ކުޑައިރު ނުކިޔެވުމުން ހިތާމަކުރާ މީހުންނަށް ފަހިވެފައިވާ ފުރުޞަތުތައް
ބައިވަރެވެ. ކިތަންމެ ޢުމުރުން މަތިވެފައިވާ މީހަކަށް ވެސް ދުނިޔޭގެ
ކޮންމެތަނެއްގައި ހުރެގެންވެސް އިންޓަނެޓް ލިބޭކަމުގައިވާނަމަ ކިޔެވިދާނެއެވެ.
އެގޮތުން މިބަލައިލަނީ ގޭގައިތިބެގެންވެސް އޮންލައިންކޮށް (ހިލޭ) ކިޔެވިދާނެ ބައެއް
ސައިޓްތަކަށެވެ.
އީޑީއެކްސް
އީޑީ އެކުސް އަކީ މެސިވް އޯޕެން އޮންލައިން ކޯސް (މޫކު) ފޯރުކޮށްދޭ ފަރާތެކެވެ. މިބައިމީހުން ޔުނިޔަރސިޓީ ފެންވަރުގެ
އީޑީ އެކުސް އަކީ މެސިވް އޯޕެން އޮންލައިން ކޯސް (މޫކު) ފޯރުކޮށްދޭ ފަރާތެކެވެ. މިބައިމީހުން ޔުނިޔަރސިޓީ ފެންވަރުގެ
ކޯސްތައް ދުނިޔޭގެ އެކިފެންވަރުގެ ދަރިވަރުންނަށް ފޯރިކޮށްދެއެވެ.
މީގެތެރޭން ގިނަކޯސްތަކަކީ ހިލޭ ކިޔަވައިދޭ ކޯސަތަކެވެ. މަސާޗުސެޓްސް
އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި ހަވާރޑް ޔުނިވަރސިޓީ ގުޅިގެން އޭޑީއެކުސް
އުފެއްދީ މޭ 2012 ގައެވެ. 70 އަށް ވުރެ ގިނަސްކޫލް އާއި ނޮންޕުރޮފިޓް
ޖަމިއްޔާތަކާއި ކޯޕުރޭސަންތަކުން ފެށި މި މޫކުށް 22 އޮކުޓޯބަރ 2014 ހަމައަށް 4
މިލިއަނަށް ވުރެގިނަ ދަރިވަރުންނަށް 500 އެތައް ކޯހެއް ހިންގާފާވެއެވެ.
އީޑީއެކްސް ހިނގާގޮތް
އީޑީއެކުސް ކޯސްތައް ބެހިގެންވަނީ
ހަފުތާއަކުން ހިންގާ ނުވަތަ ކިޔަވައިދޭ ގޮތަށެވެ. އެހަފުތާއަކު ކިޔަވައިދޭ
ފިލާވަޅަކާ ބެހޭގޮތުން ކުރުވީޑިއޯއެއް ޝާއިއުކުރެއެވެ. އަދި ވާޗުއަލް ކެމްޕަސް
ގައި ގުރޫޕްޑިސްކަޝަން ހެދުމާ ތަމްރީނުހެދުން އޮވެއެވެ. އެއީ ދަސްކުރި އެއްޗެއް
ހަދާނުގައި ބޮޑަށް ބެހެއްޓުމަށް އެހީތެރިވުމަށެވެ. މިގޮތަށް ކިޔަވައިދޭއިރު
ދަރިވަރާއި މުދައްރިސް ސުވާލުކުރުމަށް ވަކިޕުލެޓްފޯމެއް ގާއިމް ކުރެވިފައި ވެއެވެ.
މިސާލަކަށް: އިލެކްޓްރިކަލް ވައަރިން ކިޔަވައިދޭއިރު ދަރިވަރު ހަދާޕުރޮޖެކްތައް
ތައްޔާރުކުރަށް ވާޗުއަލް ލެބްގާއިމް ކުރެވިފައި ހުރެއެވެ
. އެގޮތުން ދަރިވަރު
ސާކަޓް އެއްޗެހި ލެބްގައި ޓެސްޓްކުރެވެއެވެ. އިޑީއެކުސް އިން ހިއްގާ ކޯސްތަކަށް
ސެޓްފިކެޓް ތަކަކީ ބައިވެރިވެ ކޯސްފުރިހަމަކުރިކަށް އައްގައިދޭ ލިޔުމެވެ. އެ
ސެޓްފިކެޓްތަކަކީ ކުރެޑިޓް ލިބޭ ސެޓްފިކެޓްތަކެއްނޫނެވެ.
އީޑީއެކުސް އިންވަނީ އެމެރިކާ،
ޗައިނާ، އިންޑިއާ މިނޫނަސް ވަރަށްގިނަ ގައުމުތަކުގެ ތައުލީމީ ދާއިރާގެ
މުއައްސަސާތަކާ ވާޗުއަލް ކޮށް ކިޔަވައިދިނުމަށް އައްބަސްވުނަތައް ހަދާފައެވެ.
ނަތީޖާއެއްގެ ގޮތުން އެގައުމުތަކުގަ ކިޔަވައިދޭ މުސްކުޅިކުލާސްރޫމް ބޭނުންކޮށްގެން
ކިޔަވައިދިނުން ދޫކޮށްލާ ދުރުންދޭ ތައުލީމުގެ ޒަރީއައިން ވަނީ އިންގިލާބީ
ބަދަލުތަކެއް ގެނެސްދީފައެވެ.
އޭޑީއެކުސްގެ ތާރީހު
އީޑީއެކުސް ގެ ފައުންޑަރުންނަކީ
ހަވާރޑު ޔުނިވަރސިޓީ އަދި އެމްއައިޓީ ގެ ސައިންޓިސްޓުން ކަމަށްވާ ގެރީ ސުސްމެން،
އާނަންތު އަގަރްވާލް، ކުރިސް ޓަރމެން އަދި ޕިއުޓް މިޓްރޮސް އެވެ. މޭ 2012 ގައި
ވުޖޫދަށް އައި އީޑީއެކުސް ގައި 2013 ވަނައަހަރު ވަނީ 1 މިލިއަން ދަރިވަރުން
ފަހަނައަޅާ ގޮއްސައެވެ. އަދި 2014 ވަނަ އަހަރު އީޑީއެކުސް އިން ވަނީ ހައިސްކޫލް
ދަރިވަރުންނަށް އަމާޒުކޮށް ހާއްސަ ޕޮރުގުރާމެއް ފަށާފައެވެ. އޭޕްރިލް 2015 ގައި
އެރިޒޯނާ ޔުނިވަރސިޓީ އާއި ޕަރޓްނަރސިޕް ހަދާ ގުލޯބަލް ފުރެސްމެން އެކަޑަމީ
ފަށާފައެވެ.
އީޑީއެކުސް ގެ ބައިވެރިން
ޗައިނާ ގެ 10 ޔުނިވަރސިޓީ އަކާއި
ފުރާނސް 120 ދުރުންދޭ ތައުލީމް ފޯރުކޮށްދޭ މުއައްސަސާތައްވަނީ އޭޑީއެކުސްގައި
ބައިވެރިވެފައެވެ. އަރަބި ކުއީން ރާނިއާ ފައުންޑޭސަނާއި އިންޓަނޭސަނަލް މަނިޓަރީ
ފަންޑުން އީޑީއެކުސްގެ މޫކު ބޭނުންކޮށްގެން އެކޮނޮމިކުސް އަދި ފައިނޭސް ކޯސްތައް
ހިއްގައެވެ.
ޔުޑެމީ
މިހާތަނަށް 3500 އެތަށް ކޯހެއްހިއްގާފާވާއިރު އެކޯސްތަކުން 9 މިލިއަނަށް ވުރެގިނަދަރިވަރުން ދަސްވެނިމިފާވެއެވެ. ޔުޑެމީގެ މޯބައިލް އެޕްލިކާސަންވެސް ވަނީ ތައާރަފްކުރެވިފައެވެ.
2007 ވަނައަރު
ޔޫޑެމީގެ ފައުންޑަރ ތުރުކީގައި އުޅެމުން ތަރައްގީކުރި ވާޗުއަލް ކުލާސްރޫމަކީ
ޔޫޑެމީގެ ފެށުމެވެ. އަދި އޭގެފަހުން 2010 ވަނައަހު ބާލީގައި އެވެބުސައިޓް
ރަސްމީކޮށް ހިލޭތައުލީމް ފޯރުކޮށްދޭ ސައިޓެއްގޮތުގައި ލޯންޗުކުރެވުނެވެ. އޭގެ
މަސްތަކެއް ފަހުން 100 އިންސްޓުރަކުޓަރުން ވަނީ 2000 ވުރެގިނަ ކޯސްތައް ފަރުމާކޮށް
އާއްމުންނަށް ހުޅުވާލާފައެވެ.
ޔޫޑެމީ ހިނގާގޮތް
ޔޫޑެމީ އަކީ އޮންލައިން ކޮށް
ކިޔެވުމަށް ހާއްސަޕުލެޓްފޯމަކަށް ވުމާއެކު މި ޕުލެޓްފޯމުގައި ދަރިވާރާއި
މުދައްރިސް ގުޅުވުމަށް ހާއްސަޓޫލް އެއް ވަނީ ގާއިމްކުރެވިފައެވެ. މިގޮތުން
މުއާމަލާތްކުރުމުގައި ލައިވް ވީޑިއޯ ލެކްޗަރ ތަކާއި ޕީޑީއެފް އަދި
ޕަވަރޕޮއިންޓްޕުރެޒެންޓާސަން ބޭނުންކުރެވެއެވެ. އަދި ދަރިވަރާ މުދައްރިސާ ދެމެދު
ޑިސްކަސް ކުރުމަށް ހާއްސަ ޑިސްކަސަން ބޯޑެއްވެސް ގާއިމްކުރެވިފައި ވެއެވެ.
އެލިސަން އަކީ އިންޓަރނެޓް
މެދުވެރިކޮށް މީހުނަށް ކިޔަވައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ބައެކެވެ. އެލިސަން
އުފެދިފައިވަނީ 2007 ވަނަ އަހަރު އެވެ. އެލިސަންގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ
މާހައުލުގައި އުޅުމަށް ބޭނުންވާ އެންމެއާދައިގެ ތައުލީމް އުގަންނައި ދިނުމެވެ.
އެލިސަން ގެ މައިގަނޑު ގޮތެއްގައި ބައިވެރިވާ މުއައްސަސާ އަކީ ސުތެފީރޑް
ޔުނިވަރސިޓީ އާއި އެމްއައިޓީ އެވެ. އެލިސަންގެ މައިގަޑު ދަރިވަރުން ހިއްސާކުރަނީ
ދެވަނަ ދުނިޔޭގެ ގައުމުތަކުންނެވެ ހާއްސަކޮށް އިންޑިއާގެ ދަރިވަރުންނެވެ. އެލިސަންގައި
ޖެނުއަރީ 2015 އާ ހަމައަށް 5 މިލިއަނަށްވުރެ ގިނަދަރިވަރުން ތައުލީމް
ހާސިލްކޮށްފައިވެއެވެ.
އެލިސަން އިން 750 ވުރެ
ގިނަކޯސްތައް އަންނަނީ ހިންގަމުންނެވެ. ތަފާތު 10 ބަހަކުން ސެޓްފިކެޓް ލެވެލެ އިން
ފަށައިގެން ޑިޕްލޮމާ ލެވެލްގެ ތަފާތު ދާއިރާތަކުގެ ކޯސްތައް ހިލޭ އަންނަނީ
ދުނިޔޭގެ އެތައްދަރިވަރުންނަކަށް ފޯރުކޮށްދެމުންނެވެ. މީގެ ގިނަކޯސްތަކަކީ
ދަރިވަރުންނަށް ފަސޭހަ ގަޑިތަކުގައި ގަޑި ހަމަކުރާގޮތަށް ފަރުމާ ކުރވިފައިވާ
ކޯސްތަކެވެ.
ރެފަރެންސް
ވަކިވަކި ބައިތަކަށް ބަހާލައިގެންލިޔެފައިވުމަކީ ވަރަށް ފަސޭހައިން ދޭހަވިކަމެއް
ReplyDeleteވަކިވަކި ބައިތަކަށް ބަހާލައިގެންލިޔެފައިވުމަކީ ވަރަށް ފަސޭހައިން ދޭހަވިކަމެއް
ReplyDeletevarah furihama article eh!
ReplyDeleteލިޔުން ފުރިހަމަ ނަމަވެސް އިތުރަށް ފަހުބައިގައި ގެނެސްދެވިފައިވާ މައުލޫމާތު ދިގުކޮށް ލުމުން އިތުރަށް ފުރިހަމަވީސް. އިތުރު ކުރިއެރުމަށް އެދެން
ReplyDeleteވަރަށް ގިަ އިތުރު މަޢުޟޫމާތު ތަކެއްލބިއްޖެ
ReplyDeleteވަރަށް ގިަ އިތުރު މަޢުޟޫމާތު ތަކެއްލބިއްޖެ
ReplyDeleteވަރަށް ގިަ އިތުރު މަޢުޟޫމާތު ތަކެއްލބިއްޖެ
ReplyDeleteވަރަށް ރަނގަޅު މައުލޫމާތު ކޮޅެއް ލިބިއްޖެ
ReplyDeleteވަރަށް ރަނގަޅު މައުލޫމާތު ކޮޅެއް ލިބިއްޖެ
ReplyDeletevarah saafukoh hushalhai dheefawivaa muhinmu mauloomaathu kolheh!
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteވަރަށް ފުރިހަމަ ޢިލްމީ ހޯދުންތްކެއް! ގެގައިތިބެގެން ކިޔަވާންބޭނުންވާ ދަރިވަރުންނަށް ވަރަށް ބޭނުންތެރި އާރޓިކަލްއެއް.
ReplyDeleteހިމަނާލައިފައިވާ ސައިޓްތަކުގެ މަޢުލޫމާތު ވަރަށް ފުރިހަމައަށް ގެނެސްދީފައިވާކަން ފާހަގަކުރެވޭ. ސައިޓްތަކުގެ މަޢުލޫމާތުތައް ސައިޑް ހެޑިންބޭނުންކޮށްގެން ގެނެސްފައިވުމުން މިލިޔުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ReplyDeleteލިޔުމުގައި ރަނގަޅު މައުލޫމާތުތަކެއް ހިމަނާފައި އެބަހުރި. އެކަމަކު ފޮޓޯތަކުގެ އެތުރުން ރަނގަޅުކޮށްލެވިދާނެ ބައެއް ތަންތަން އެބަހުރި. އަދި ހަވާލާދިނުމުގައި، ލިޔުންގަނޑުގެ ތެރޭގައި ، ރެފަރެންސް "ލިންކް" ކޮށްލިނަމަ ވަރަށް ފުރިހަމަވީސް.
ReplyDeleteތިޔަ މަސައްކަތަށް އައްސަރިބަހާއި ސާބަސް!
ފުރިހަމަ ރަނގަޅު މައުލޫމާތުތަކެއް ލިބިއްޖެ. އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން ފޮޓޯތަކުގެ އެތުރުމަށް ބައެއް ބަދަލު ގެންނަން ފެނޭ. އަދި ރެފަރެންސް ދިނުމުގައި ލިޔުންގަނޑުގެ ތެރޭގައި "ހައިޕަރ ލިންކް"ގެ ގޮތުގައި ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.
ReplyDeleteހުށައަޅާދީފައިވާ ވެބްސައިޓްތައް މަދު ނަމަވެސް އެވެބްސައިޓްތަކާއި ބެހޭގޮތުން ވަރަށް ފުރިހަމަ މައުލޫމާތު ތަކެއް ހުށައަޅާދީފައިވާކަން ފާހަގަ ކުރެވުނެވެ.
ReplyDelete