 |
| ރަޒީނާ އަލީ |
|
18.11.2015
ފެށުން
ޒަމާނީ ސްކޫލް
ޒަމާނީ ސްކޫލެކޭ
މިކިޔެނީ ދަރިވަރުންގެ އުނގެނުމާއި އެދަރިވަރުންނަށް ބޭނުންވާ އެންމެހާ
ވަސީލަތްތައް އެއްތަނަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެންހުންނަ، ހުރިހާ
ފެންވަރެއްގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުސަތު ލިބިދޭ ތަނަކަށެވެ. މިގޮތުން
"މުދައްރިސުންނަށްވުރެ ބޮޑަށް ދަރިވަރުންގެ ބައިވެރިވުން މުހިއްމު،
ދަރިވަރުން އަމިއްލައަށް އެކުދިންގެ ކިޔެވުމުގެ ޒިންމާނަގާ، ހުރިހާ ފެންވަރެއްގެ
ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭ، ރީތި އާދަތަކާއި ގަވާއިދުތައް
ކުދިންނަށް އުނގަންނައިދޭ ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކޮށް އިތުރަށް
އެހީތެރިކަން ބޭނުންވަނީ ކޮންކަންކަމެއްގައިތޫ ބެލުމާއި ޒަމާނީ މުހިއްމު
ޓެކްނޮލޮޖީ ކުލާސްރޫމް ޓީޗިންގައި ބޭނުން ކުރުމަކީ ޒަމާނީ ކުލާސްރޫމެއް ނުވަތަ
ސްކޫލެއްގައި ހުންނާނެ ބައެއް މުހިއްމު ސިފަތަކެވެ"(އާދަން ޝަރީފް،2005).
މިޒަމާނުގެ
މިމުޖުތަމައުގައި ޒަމާނީ ސްކޫލުތަކުގައި އެންމެ އިސްކަމެއްދީގެން ބަލާނެ އެންމެ
މުހިއްމު އެއްކަމަކީ ދަރިވަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.