Wednesday, November 18, 2015

އޮންލައިންކޮށް އުނގެނުމުގެ ތަޢުލީމުގެ ފުރުޞަތުތައް (ހިލޭ ) ލިބިދޭ ބައެއް ސައިޓްތައް

އޮންލައިންކޮށް އުނގެނުމުގެ ތަޢުލީމުގެ ފުރުޞަތު(ހިލޭ ) ލިބިދޭ ބައެއް ސައިޓްތައް

 ލިޔުނީ : ޝަބީނާ އާދަމް 

މުދައްރިސުންނަކީ ޕްރީސްކޫލް ކުދިންނަށް އުނގަންނައި ދިނުމުން ފެށިގެން މުސްކުޅިވުމާއި ހަމައަށްވެސް އުނގަންނައި ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާބައެކެވެ. ކުޑައިރު ކިޔަވަން ފުރުޞަތު ނުލިބިފައިވާ މީހުންވެސް އެކަމާއި ދެރަވެ ހިތާމަ ކުރުމުގެ ބޭނުމެއްނެތެވެ. ޢިލްމު އުނގެނެން ބޭނުންވާ މީހަކަށް އެތައް ފުރުޞަތުތަކެއް މިހާރު ބަވަނަ ވަމުން އަންނަ ދުނިޔޭގައި ވަނީ ފަހިވެފައެވެ.

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީ ވަމުން އައިގޮތާއި ތާރީޚް



ލިޔުނީ: މުޙައްމަދު ޤާސިމް، އއ. މަތިވެރި (151656) 18 ނޮވެމްބަރ 2015 

ތަޢާރަފު:

ދިވެހި ބަސްފޮތުގައި ބުނާގޮތުން ނަމަ، އެޑިއުކޭޝަން ނުވަތަ ތަޢުލީމަކީ އުނގެނޭ އުނގެނުމެވެ. ޓެކްނޮލޮޖީއަކީ މަސައްކަތްތެރިކަމުގެ ފަންނުތަކާ ބެހޭ ޢިލްމެވެ. އެހެންކަމުން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ ކިޔެވުމާއި ކިޔަވައިދިނުމުގެ ފަންނާބެހޭ ޢިލްމޭ ބުނެވިދާނެއެވެ. އެއަށްވުރެ ފުޅާ ދާއިރާއެއްގައި މާނަކުރާނަމަ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ ކިޔެވުމާއި ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމެވެ. މިއީ މިއަދުގެ ޒަމާނީ ތަޢުލީމުގައި ވަރަށް ބޮޑަށް ބޭނުންކުރެވެމުން އަންނަ ވަޞީލަތްތަކެކެވެ. އޭގެތެރޭގައި އޯވަހެޑް ޕްރޮޖެކްޓާއި މަލްޓިމީޑިއާ ޕްރޮޖެކްޓާއި ސްމާޓްބޯޑާއި މިމިއޮ ފަދަ ތަފާތު އެތައް ވަޞީލަތެއް ހިމެނެއެވެ. އެހެންނަމަވެސް މި ބާވަތްތަކުގެ ތަފުޞީލުތަކަށް ދިޔުމުގެ ބަދަލުގައި މި ލިޔުން ޚާއްޞަކޮށްލާނީ އެޑިޔުކޭޝަން ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔަ ގޮތުގެ މައްޗަށެވެ.

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް

`

                   
                                       

    

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ( LMS )

ތަޢާރަފް :


ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ( އެލް.އެމް.އެސް ) އަކީ އޮންލައިން ލޮކޭޝަނަކުން އިދާރީ ކަންކަންކުރުމާއި މަސައްކަތް ބެލެހެއްޓުމާއި ރިޕޯޓްކުރުން އަދި ކޯސްތައް ހިންގުމާއި ގަޑިތައްނަގައި ޓެސްޓް ހެދުމަށް އެހީތެރިވެދޭ ޓެކްނޮލޮޖިކަލް ސޮފްޓްވެއަރ އެކެވެ. މި ސިސްޓަމުގައި ވަކިކަހަލަ އުނގެނުމުގެ ކަންކަން ރާވައި ހިންގައި އަދި ބެލެހެއްޓުމުގެ ކަންކަން ކުރެވެއެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމެއްގައި އިރުޝާދު ދޭފަރާތަށް ( ޓީޗަރ ) ކިޔަވައިދޭން ބޭނުންވާއެތި އުފައްދައި ފޯރުކޮށް ދިނުމާއި، ކުދިންގެ ބައިވެރިވުން މޮނީޓަރ ކުރުމާއި، އެކުދިންގެ ( ނަތީޖާ ) ހޯދާ މިންވަރު ބެލެހެއްޓެއެވެ. ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކުން ދަރިވަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަޠު ލިބެއެވެ. މިސާލަކަށް، ވީޑިއޯ ކޮންފަރެންސިންއާއި، މަޝްވަރާ ފޯރަމްތައް ބޭއްވެއެވެ.

Tuesday, November 17, 2015

ޒަމާނީ ސްކޫލް/ ކުލާސްރޫމް މެނޭޖްމަންޓް ޓެކްނޮލޮޖީ



ރަޒީނާ އަލީ

18.11.2015




ފެށުން

ޒަމާނީ ސްކޫލް

ޒަމާނީ ސްކޫލެކޭ މިކިޔެނީ ދަރިވަރުންގެ އުނގެނުމާއި އެދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް އެއްތަނަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެންހުންނަ، ހުރިހާ ފެންވަރެއްގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުސަތު ލިބިދޭ ތަނަކަށެވެ. މިގޮތުން "މުދައްރިސުންނަށްވުރެ ބޮޑަށް ދަރިވަރުންގެ ބައިވެރިވުން މުހިއްމު، ދަރިވަރުން އަމިއްލައަށް އެކުދިންގެ ކިޔެވުމުގެ ޒިންމާނަގާ، ހުރިހާ ފެންވަރެއްގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭ، ރީތި އާދަތަކާއި ގަވާއިދުތައް ކުދިންނަށް އުނގަންނައިދޭ ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކޮށް އިތުރަށް އެހީތެރިކަން ބޭނުންވަނީ ކޮންކަންކަމެއްގައިތޫ ބެލުމާއި ޒަމާނީ މުހިއްމު ޓެކްނޮލޮޖީ ކުލާސްރޫމް ޓީޗިންގައި ބޭނުން ކުރުމަކީ ޒަމާނީ ކުލާސްރޫމެއް ނުވަތަ ސްކޫލެއްގައި ހުންނާނެ ބައެއް މުހިއްމު ސިފަތަކެވެ"(އާދަން ޝަރީފް،2005).
މިޒަމާނުގެ މިމުޖުތަމައުގައި ޒަމާނީ ސްކޫލުތަކުގައި އެންމެ އިސްކަމެއްދީގެން ބަލާނެ އެންމެ މުހިއްމު އެއްކަމަކީ ދަރިވަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.

Thursday, November 5, 2015

ބްލޮގުގެ ތަޢާރަފު

މިއީ އިސްލާމިކް ޔުނިވަރސިޓީން ހިންގަމުން ގެންދާ ޕޯސްޓް ގުރެޖުއޭޓް ދިޕްލޮމާ އިން ޓީޗިންގ ކޯހުގައި ކިޔަވަމުން ގެންދާ "އެޑިޔުކޭޝަން ޓެކްނޮލޮޖީ" މި މާއްދާގެ މަސައްކަތެއްގެ ގޮތުގައި ހަދާފައިވާ ބްލޮގެކެވެ. މިއީ ގްރޫޕް މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތެކެވެ. ހަތަރު ބައިވެރިންގެ މެދުގައި ކުރެވުނު މި މަސައްކަތަކީ ފައިދާ ކުރަނިވި މަސައްކަތަކަށް ވާނޭކަމަށް އުއްމީދު ކުރަމެވެ.