ލިޔުނީ: މުޙައްމަދު ޤާސިމް، އއ. މަތިވެރި (151656) 18 ނޮވެމްބަރ 2015
ތަޢާރަފު:
ދިވެހި ބަސްފޮތުގައި ބުނާގޮތުން ނަމަ، އެޑިއުކޭޝަން
ނުވަތަ ތަޢުލީމަކީ އުނގެނޭ އުނގެނުމެވެ. ޓެކްނޮލޮޖީއަކީ މަސައްކަތްތެރިކަމުގެ
ފަންނުތަކާ ބެހޭ ޢިލްމެވެ. އެހެންކަމުން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ ކިޔެވުމާއި
ކިޔަވައިދިނުމުގެ ފަންނާބެހޭ ޢިލްމޭ ބުނެވިދާނެއެވެ. އެއަށްވުރެ ފުޅާ
ދާއިރާއެއްގައި މާނަކުރާނަމަ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ ކިޔެވުމާއި
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމެވެ. މިއީ މިއަދުގެ
ޒަމާނީ ތަޢުލީމުގައި ވަރަށް ބޮޑަށް ބޭނުންކުރެވެމުން އަންނަ ވަޞީލަތްތަކެކެވެ.
އޭގެތެރޭގައި އޯވަހެޑް ޕްރޮޖެކްޓާއި މަލްޓިމީޑިއާ ޕްރޮޖެކްޓާއި ސްމާޓްބޯޑާއި
މިމިއޮ ފަދަ ތަފާތު އެތައް ވަޞީލަތެއް ހިމެނެއެވެ. އެހެންނަމަވެސް މި ބާވަތްތަކުގެ
ތަފުޞީލުތަކަށް ދިޔުމުގެ ބަދަލުގައި މި ލިޔުން ޚާއްޞަކޮށްލާނީ އެޑިޔުކޭޝަން
ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔަ ގޮތުގެ މައްޗަށެވެ.
ފެށުން:
އަނގަބަހުން އިލްމު ފޯރުކޮށް ދިނުން
ކިޔަވައިދިނުމަކީ އިންސާނީ ދަރިފަސްކޮޅު
ދުނިޔެއަށް ވުޖޫދުވި ހިސާބުން ފެށިގެން ވެސް ކުރެވެމުން އަންނަ ކަމެކެވެ. އެ
ޒަމާނެއްގައި ލިބިހުރި ވަޞީލަތެއްގެ ބޭނުން ހިފައިގެންނެވެ. އެގޮތުން ތާރީޚުގެ
ޞަފުޙާތައް އުކާލައި، މާޒީއަށް ޖެހިލާއިރު، އެންމެ ފުރަތަމަ ފެންނާން އޮތީ
ކިޔަވައިދިނުމުގައި އަނގަބަހުން މުޢާމަލާތް ކުރި މަންޒަރެވެ. އެއީ ޓެލްނޮލޮޖީގެ
އެއްވެސް ވަޞީލަތެއް ދުނިޔެ ދެކެފައި ނުވާ ޒަމާނެވެ. އެ ދުވަސްވަރު ޢިލްމު
ފޯރުކޮށް ދިނުމަށް ނުވަތަ ބަޔަކަށް އެއްޗެއް އަންގައި ދިނުމަށް ބޭނުންކުރީ އެކި
ޒާތްޒާތުގެ ވާހަކައެވެ. ޅެމެވެ. އެއިން އިންސާނުންނަށް ތަފާތު މެސެޖް ލިބޭގޮތަށް
ބައްޓަން ކުރެވިފައި ހުރި ތަކެއްޗެވެ. ދީނީ ތަފާތު މަޢުލޫމާތު ލިބޭ ފަދަ
ގޮތްގޮތަށް ކިޔެމުން އައި ޅެމާއި ވާހަކަތަކެވެ. އޭގެތެރޭގައި މަޝްހޫރު ހޯމަރުގެ
"އިލިއަޑް" އާއި "އޮޑިއްސޭ" ފަދަ ޅެންތައް
ފާހަގަކޮށްލެވެއެވެ. މި ތަކެތި ފޯރުކޮށްދީފައި ވަނީ އަނގަބަހުން ކަމަށްވާތީ، ހުރިހައި
ހާދިސާތަކެއް ރައްކާކުރެވިފައި ހުންނަނީ ކިޔުންތެރިޔާގެ ސިކުނޑީގައެވެ.
އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއި ކުރިއެރުން މިކަމާ ވެސް ކުޅެން ފެށިއެވެ.
އެ ޒަމާނުގެ ފެންވަރުން ޓެކްނޮލޮޖީގެ ބާރު މި ކަމަށް ހިންގާން ފެށިއެވެ.
މައިގަނޑު
ތަޢުލީމާއި ޓެކްނޮލޮޖީގެ ގުޅުން:
ތަޢުލީމީ ދާއިރާއަށް ޓެކްނޮލޮޖީ ވަންނަން
ފެށިކަމަށް ބެލެވެނީ މީލާދީން ފަސްވަނަ ޤަރުނުގައެވެ. ގުރީކްގައި ތަފާތު އިލްމީ
ފޮތްތައް އެޒަމާނުގެ ފެންވަރުން ލިޔެވެން ފެށުމާ ހަމައިންނެވެ. މި ގޮތުން
ލިޔެވިފައި ހުރީ ތަފާތު އެކިއެކި ލެކްޗަރ ނުވަތަ ތަޤުރީރުތަކާއި އެކި ކަހަލަ
ޢިލްމީ ވާހަކަތަކެވެ. އެހެންކަމުން މިއީ ތަޢުލީމާއި ޓެކްނޮލޮޖީ ގުޅުނު ހިސާބު
ކަމަށް ބުނެވިދާނެއެވެ. އެ ޒަމާނަކީ މި ދުވަސްވަރުގޮތަށް ޗާޕުގެ ކަންކަން ހިނގައިދިޔަ
ދުވަސްވަރަކަށް ނުވެފައި ލިޔުންތައް ލިޔެ އުޅުނީ އަތުން ކަމަށްވާތީ، ލައިބްރަރީ ނުވަތަ
ކުތުބުޚާނާގައި ހުންނަނީ ކޮންމެ ވައްތަރަކުންވެސް އެންމެ ފަތްފުށެކެވެ. (މިއީ
މިހާރު މިހުންނަ ކަހަލަ ފޮތްފޮތެއް ނޫނެވެ.) މި ފަދަ ފަތްފުށްތަކުގައި ހުންނަނީ
ވެސް އެކިއެކި ފާދިރީންގެ ތަޤުރީރުތަކެވެ. އޮންނަނީ އެންމެ ފަތްފުށަކަށްވާތީ
ދަރިވަރުން އެ ތަކެތި ނެގުން ވެސް އޮންނަނީ މަނާ ކަމަކަށް ވެފައެވެ.
ކިޔަވައިދިނުމުގެ ތެތެރެއަށް ޓެކްނޮލޮޖީ ވަންނަމުން އައި އައުމުގެ ތެރެއިން 18 ވަނަ ޤަރުނުގައި "ބްލެކްބޯޑު" ނުވަތަ ޗޯކު ބޯޑު ބޭނުން ކުރެވެން ފެށުނެވެ. މިއީ ކިޔަވައިދިނުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަރިވަރުންނަށް ފިލާވަޅު ބުނެދިނުމާއި އޮޅުންފިލުވައި ދިނުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެހެންނަމަވެސް މިވަރަކުން ޓެކްނޮލޮޖީގެ ދުވެލި މަޑުޖައްސައެއް ނުލިއެވެ. މިއަށްވުރެ ފަސޭހަ، ބޭނުންބޮޑު އެހެން ވަޞީލަތަކާ ދިމާއަށް ކަޅިއަޅަމުން ދިޔައީ، ނުހަނު އުފެއްދުންތެރި ލޮލަކުންނެވެ. ނަތީޖާއަކަށްވީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކާ ހަމައަށް އައި އިރު "އޯވަހެޑް ޕްރޮޖެކްޓަރު ތަޢާރަފުވެ ބޭނުން ކުރެވެން ފެށުމެވެ. މި ވަޞީލަތް އެންމެ ފުރަތަމަ ބޭނުން ކުރަންފެށީ، އެމެރިކާގެ ސިފައިން ތަމްރީނު ކުރުމުގައެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ފަހުން އޯވަހެޑް ޕްރޮޖެކްޓަރުގެ ވަޒީފާ ފުޅާވެ، ކުރިއަރަން ފެށިއެވެ. އެ ގޮތުން ތަޢުލީމީ ދާއިރާއާ މި ވަޞީލަތް ގުޅިއްޖެއެވެ. ތަފާތު އެކިއެކި ލެކްޗަރުތަކުގައި ބޭނުންކުރެވޭ އާލާތަކަށް މި ވަޞީލަތް ވެއްޖެއެވެ. ކުލާސްރޫމުތަކުގެ ބައިވެރިއަކަށްވެ، ތަޢުލީމު އުނގެނެމުން ދިޔަ ދަރިވަރުންގެ ސިކުނޑިއާ ކުޅެން ފެށިއެވެ. 1990 ވަނަ އަހަރާ ހަމައަށް މި ވަޞީލަތް، ދުނިޔޭގެ ކަންކޮޅުތަކުގައި ކިޔަވއި ދިނުމާއި، ލެކްޗަރުތައް ދިނުމުގައި ބައިވެރިއެއްގެ ދައުރު އަދާކުރަމުން ވަނީ ގެންގޮސްފައެވެ.

މަލްޓިމީޑިއާ ޕްރޮޖެކްޓަރު:
މިހައިތަނުން ދެން ވުޖޫދުވި އެއްޗަކީ
މަލްޓިމީޑިއާ ޕްރޮޖެކްޓަރެވެ. 1990 ގެ އަހަރުތަކުގައި އީޖާދުވެ، ތަޢުލީމީ ދާއިރާއާ
ގުޅުނު މި ވަޞީލަތް ވެގެން ދިޔައީ، ކިޔަވައިދިނުމަށް ލިބިގެން ދިޔަ ވަރަށް
ބޭނުންތެރި، އެހައިމެ ލުއިފަސޭހަ އެއްޗަކަށެވެ. މިއާ ގުޅިގެން އުފެދުނު
ޕަވަރޕޮއިންޓް ފަދަ ޕްރެސެންޓޭޝަނަލް ސޮފްޓްވެއަރގެ އެހީގައި، ކިޔަވައި ދިނުން
ލުއިފަސޭހަވެގެން ދިޔުމުގެ އިތުރުން، ކުލާސްރޫމު ތެރޭގައި މުދައްރިސުންގެ
ތުންފަތްމައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. ދަރިވަރުންގެ ސިކުޑީގައި ކިޔަވައިދޭ
ފިލާވަޅު ކުރެހެމުން ބިންވަޅު ނެގެމުން ދިޔައެވެ. ހަމައެއާއެކު ސްމާޓް ބޯޑު
އުފެދިއްޖެއެވެ. އަދި ކޮބައިތޯއެވެ. މިމިއޯ ވެސް ވަނީ މިއަދު ވުޖޫދުވެފައެވެ. މި ފަދަ
ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ހަމައެކަނި ތަޢުލީމީ ދާއިރާއަށް ހާއްސަވެފައި ހުރި
ވަޞީލަތްތައް ނޫންކަމާއި އެހެނިހެން ބޭނުންތަކަށް ވެސް މި ވަޞީލަތްތަކުގެ ބޭނުން
ހިފަމުން އަންނަކަން ފާހަގަކޮށްލަމެވެ.
ޓެލެފޯނު:
ޓެލެފޯނު ތަޢާރަފުވެފައި ވަނީ 1870 ގެ
އަހަރުތަކުގައެވެ. މިއީ ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ވަޞީލަތެއް ނަމަވެސް
މައިގަނޑު ވަޞީލަތެކޭ ބުނާހިތެއް ނެތެވެ. ސަބަބަކީ މި ވަޞީލަތަކީ ބޭނުންކުރި ވަރަކަށް
ޚަރަދު ހިނގަމުން އަންނަ ވަޞީލަތަކަށް ވުމެވެ. އެހެންނަމަވެސް 1970 ގެ
އަހަރުތަކުގައި އޯޑިއޯ ކޮންފަރެންސިންގް ވަނީ ބޭނުން ކުރެވެން ފަށައިފައެވެ. އަދި
1980 ގެ އަހަރުތަކުގައި ހާއްސަ ކޭބަލް ސިސްޓެމެއް ބޭނުންކޮށްގެން ވީޑިއޯ
ކޮންފަރެންސިންގެ ހިދުމަތް ބޭނުންކުރަން ފެށިއެވެ. ކޮންފަރެންސް ރޫމުތަކުގައި މި
ވަޞީލަތް ބޭނުންކުރަން ފެށުމާއެކު މިއީ ވެސް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުން
އައި ވަޞީލަތަކަށް ވަނީ ވެފައެވެ.
ވީޑިއޯ ކޮމްޕްރެޝަން ޓެކްނޮލޮޖީއާއި ކުރިއަށްވުރެ
އަގު ހެޔޮ ވީޑިއޯ ސާރވާގެ ވަސީލަތް ތަޢާރާފު ވުމާއި ގުޅިގެން މުދައްރިސުންފެ
ލެކްޗަރތައް ރިކޯރޑްކޮށް، ސްޓްރީމް ކުރާނެ، ލެކްޗަރ ކެޕްޗަރ ސިސްޓަމް ނަމަކަށް
ކިޔާ ސިސްޓަމެއް 2000 ގެ ފުރުތަމަ އަހަރުތަކުގައި ވުޖޫދަށްއައެވެ. މިޒަމާނުގައި
އިންޓަރނެޓްގެ ޒަރިއްޔާއިން ލެކްޗަރު ދިނުމަށް އާންމު ގޮތެއްގައި ވެބިނަރސް ބޭނުން
ކުރެވެމުން ދެއެވެ.
ލިޔެގެން ކުރެވޭ މުޢާމަލާތް
ލިޔުންތެރިކަމަކީ އުނގަންނައި ދިނުމުގެ ދިގު
މާޒީގައި ފާހަގަކޮށްލަން ޖެހޭ ބަޔެކެވެ. 15 ވަނަ ގަރުނުގައި ޔޫރަޕުގައި ޗާޕުކުރާ ތަނެއް
ފުރަތަމަ ފަހަރަށް ތަޢާރަފުވުމާއެކު ލިޔުންތެރިކަމަށް ގިނަގުނަ ފަސޭހަތަކެއް ލިބި
އިލްމު ފޯރުކޮށްދިނުމަށައި އިލްމު އުނގެނުމަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔައެވެ.
ނަތީޖާއަކަށްވީ، ޗާޕުކުރުމުގެ ވަސީލަތްތައް މެދުވެރިކޮށް ގިނައަދަދަކަށް ލިޔެކިޔުންތަކާއި
ފޮތްތައް އުފެދި އިތުރުވަމުން ދިޔުމެވެ. ތައުލީމީ ރޮނގުން ޔޫރަޕުގެ ޤައުމުތައް ވަރަށް
ހަލުވި މިނެއްގައި ކުރިއަރަމުން ދިޔުމެވެ.
1840 ގެ އަހަރުތަކުގެ ތެރޭގައި ޕޯސްޓުކުރުމުގެ ނިޒާމެއް
އުފެދުމާއެކު "ކޮރެސްޕޮންޑަންސް އެޑިއުކޭޝަން" ތަރައްޤީވާން ފެށިއެވެ.
މިގޮތުން 1858 ގައި ދުރުގައި ހުރެގެން ކިޔެވޭ ގޮތަށް އެކްސްޓާރނަލް ޑިގްރީ ކޯސް ތަޢާރަފު
ކުރެވުނެވެ. ޔުނިވަރސިޓި އޮފް ލަންޑަންގެ ބައިނަލްއަގްވާމީ ޕްރޮގްރާމްގެ ގޮތުގައި އެކަން
މިއަދާހަމައަށް ވެސް ދެމި އޮތް އޮތުމަކީ އެ މަސައްކަތުގެ ކާމިޔާބު ކަމުގެ
ރަމްޒެކެވެ.
ބްރޯޑްކާސްޓްކުރުމާއި ވީޑިއޯ
ބްރިޓިޝް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (BBC) އިން 1920 ގެ
އަހަރުތަކުގެ ތެރޭގައި ސްކޫލުތަކަށް ޚާއްޞަކޮށްގެން އިލްމީ ޕްރޮގްރާމްތަކެއް
ބްރޯޑްކާސްޓް ކުރަން ފެށިއެވެ. ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ގެނެސްދީފައިވާ މި
ޕްރޮގްރާމް އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރެވިފައިވަނީ ބީބީސީގެ ފަރާތުން 1924
ގައެވެ. މިއީ އެކިކަހަލަ ސޫފާސޫތްޕާއި އިންސާނުންނާ އޮންނަ ގުޅުމާމެދު ދެކެވުނު އިލްމީ
ވާހަކަތަކެކެވެ. ޓެކްނޮލޮޖީގެ ފުރިހަމަ އެއްބާރުލުމާއެކު ފޮނުވުނު މި ޕްރޮގްރާމް
ވެގެންދިޔައީ ވަރަށް ކާމިޔާބު، އަދި ގިނަ ބަޔަކަށް ގޭގައި ތިބެގެން މަޢުލޫމާތުތަކެއް
ލިއްބައިދިން ޕްރޮގްރާމަކަށެވެ. ހަމަ މި އަހަރުތެރޭގައި، ބީބީސީގެ އޭރުގެ ތަޢުލީމީ
ޑައިރެކްޓަރ، ޖޭ.ސީ. ސްޓޮބާރޓް، ވަނީ 'ބޮރޯޑްކާސްޓިން އުނިވާރސިޓީ" އެއްގެ ޚިޔާލު، ޖާނަލް ރޭޑިއޯ ޓައިމްސްގައި ގެންގުޅެފައެވެ
ޓެލެވިޒަން (ޓީވީ) ތަޢުލީމީ ދާއިރާއަށް ވަނީ 1960
ގެ އަހަރުތަކުގެ ތެރޭގައެވެ. ސްކޫލުތަކަށާއި، ބޮޑެތި މީހުންގެ ޢާއްމަށް އަމާޒުކޮށް
މި ވަޞީލަތް ތަޢާރަފުވުމުގެ ސަބަބުން ތަޢުލީމު ފޯރުކޮށް ދިނުމަށް ހެޔޮ އަސަރުތަކެއް
ކުރިއެވެ.
ޑިޖިޓަލް ކޮމްޕްރެޝަނާއި އިންޓަރނެޓް ހައި ސްޕީޑް:
ޑިޖިޓަލް ކޮމްޕްރެޝަން އަދި އިންޓަރނެޓް ހައި ސްޕީޑްގެ
ސަބަބުން، 1990 ގެ އަހަރު ތަކުގެ ތެރޭގައި ވީޑިއޯ ހެދުމަށްދާ ހަރަދުތައް ވަރަށް
ބޮޑަށް ދަށަށް ދިޔައެވެ. ވީޑިއޯ ރިކޯރޑުކުރުމާއި، ފޯރުކޮށްދިނުމުގެ އަގުތައް ދަށްވުމުގެ
ސަބަބަުން ލެކްޗަރތައް ރިކޯރޑްކުރާ
ވަސީލަތްތައް ވުޖޫދުވިއެވެ. މި ޓެކްނޯލަޖީގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް
ލިބޭން ހުރި ކޮންމެތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ދަރިވަރުންނަށް ލެކްޗަރތައް
އަލުން ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އަދި 2002 ވަނަ އަހަރު މަސަޗޫސެޓްސް
އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ވަނީ "އޯޕެން ކޯސްވެއަރ"
ނަމަކަށް ކިޔާ ޕްރޮޖެކްޓަކުން އެމީހުންގެ ރިކޯރޑުކުރެވިފައިވާ ލެކްޗަރތައް އާއްމުނަށް
ހިލޭ ފޯރުކޮށްދީފައެވެ.
ޔޫޓިއުބް:
ޔޫޓިއުބް ދުނިޔޭގެ އަލިަކަން ދުށީ 2005 ވަނަ
އަހަރުއެވެ. ޖެހިގެން އައި އަހަރު ގޫގުލްއިން ޔޫޓިއުބު ގަތެވެ. ޔޫޓިއުބަކީ ވެސް
މިއަދު އެޑިޔުކޭޝަން ޓެކްނޮލޮޖީގައި ނުހަނު ނުފޫޒު ގަދަ ވަޞީލަތެކެވެ. އިލްމީ
ތަފާތު ވީޑިއޯތަކުން މުއްސަނދިވެފައިވާ އެ ވަޞީލަތް ކުލާސްތަކުގައްޔާއި ތައުލީމީ
އެކި ތަޅުމުގައި ބޭނުންކުރަމުން ގެންދަނީ މަދެއްކޮށެއް ނޫނެވެ. އެކި ކަހަލަ
މަސައްކަތްތައް ކުރާ ގޮތްތަކާއި ތަފާތު ތަދު ވީޑިއޯތައް އެންމެ ފިތާލުމަކުން
ބަލައިލުމުގެ ފަހި ފުރުސަތު ޔޫޓިއުބު ވަނީ ފޯރުވައިދީފައެވެ.
ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާއަކީ ވެސް ޓެކްނޮލޮޖީގެ ތެރެއިން
ތަޢާރަފުވެފައިވާ ތައުލީމަށް ވެސް މަގުފަހިކޮށްދިން ވަޞީލަތެކެވެ. މިއީ އިންޓަރނެޓް
ގެ މައްޗަށް ބިނާވެފައިވާ އެޕްލިކޭޝަން ތަކެކެވެ. މީގެ ސަބަބުން އެކަކު އުފައްދާ
ތަކެތި އަނެކަކާ ހިއްސާކޮށްލެވެއެވެ. ބަދަލުކޮށްލެވެއެވެ. މައުލޫމާތާއި ޚިޔާލުތަކެވެ.
ވަރޗުއަލް މުޖުތަމައުތަކާއި، ނެޓްވޯރކްތަކާ ވެސް ހިއްސާ ކޮށްލެވެއެވެ. ސޯޝަލް
މީޑިއާގެ ގިނަ އަދަދެއްގެ ޓެކްނޮލޮޖީގެ ބައިތައް ހިމެނެއެވެ. މީގެތެރޭގައި ބްލޮގް،
ވިކިސް، ޔޫޓިއުބް ވީޑިއޯ، ޓެބްލެޓް އަދި ފޯން ފަދަ އެއްތަނުން އަނެއްތަނަށް ގެންދެވޭ
ޓެކްނޮލޮޖީގެ އާލަތްތަކާއި، ޓުވިޓަރ، ސްކައިޕް އަދި ފޭސްބުކް ފާހަގަ ކޮށްލެވެއެވެ. މީގެ
އިތުރުން ވެސް ތަފާތު ކަންކަމުގައި ތަފާތު ވަޞީލަތްތައް ހިމެނެއެވެ. ސޯޝަލް
މީޑިއާ އާންމުކޮށް ގުޅިފައިވަނީ ޒުވާނުންނާއި ޕޯސްޓް-ސެކަންޑްރީގައި
ކިޔަވަމުންދާ ދަރިވަރުންނާއެވެ.
ނިންމުން:
އެޑިޔުކޭޝަން ޓެކްނޮލޮޖީއަކީ ތަޢުލީމީ ދާއިރާއަށް ވަދެފައިވާ ވަރަށް އަގުހުރި ބޭނުން ތެރި ވަޞީލަތެކެވެ. މީގެ ސަބަބުން ޒަމާނީ ތައުލީމަށް ވަނީ ނުހަނު ބޮޑެތި ކުރިއެރުން ތަކެއް ލިބިފައެވެ. ހީވެސް ނުކުރާ ފަދަ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައެވެ. ކިޔެވުމުގައެވެ. ކިޔަވައި ދިނުމުގައެވެ. ލުއި ފަސޭހަކަމާއެކު ބޭނުންވާ ކޮންމެ އެއްޗެއް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ހޯދައިލެވެއެވެ. ފޯރުކޮށްދެވެއެވެ. މަޢުލޫމާތެއް ކަމަށް ވިޔަސް ފޮޓޯއެއް ކަމަށް ވިޔަސް، ވީޑިއޯއެއް ކަމަށް ވިޔަސް ވެހެވެ. އެހެންނަމަވެސް ވިސްނަންވީ ކަމަކީ މިއީ ދުނިޔެ ބަވަނަވެފައިވާ ޒަމާނެއް ކަމެވެ. ޓެކްނޮލޮޖީ ފުޅާވެ، ކުރިއަރާފައިވާ ޒަމާނެއް ކަމެވެ. އެޑިއުކޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ވެސް ނުބައި ގޯޅިއެއް އެޅިދާނެއެވެ. ވިސްނަިއގެން މި ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފައިފި ނަމަ، ފައިދާއާއި މަންފާގެ ކޮޅެއް ނެތެވެ. އޭގެ އިދިކޮޅަށް ދީލާލައިފި ނަމަ އޮތީ ގެއްލުމެވެ. ހަލާކެވެ.

ރެފަރެންސް
: http://www.tonybates.ca/2014/12/10/a-short-history-of-educational-technology/#sthash.hvjJL3bZ.dpuf
http://edutechwiki.unige.ch/en/Educational_technology
What is educational
technology? (n.d.). Retrieved 11 10,
2015, from http://etec.hawaii.edu/aboutbackground.html
https://en.wikipedia.org/wiki/Educational_technology

ބަސްމަގު ވަރަށް ފުރިހަމަ އާޓިކަލެއް. ކިޔާލަން ވަރަށް ފަސޭހަވި..........................................................
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް
ReplyDeleteރަނގަޅު އަގުހުރި މަޢުލޫމާތުތަކެއް ލިބިއްޖެ
ReplyDeleteވަރަށް ފުރިހަމަ ލިޔުއްވުމެއް. ލިޔުމުގެ އޮނިގަނޑު ވަރަށް ފުރިހަމަ. ވަރަށް ސަރީހަ.
ReplyDeleteThis comment has been removed by the author.
ReplyDeleteމައުލޫމާތު ވަރަށް ފުރިހަމަކަން ފާހަގަކުރެވޭ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ތަރައްގީވަމުން އައިގޮތުގެ ތާރީހު އެހާއިރުން ފެށިގެން މިހާރަށް ބަދަލުވަމުން އައިސްފައިވާގޮތް ހުށައަޅާލިނަމަ އަދި މިއަށްވުރެ ފުރިހަމަވާނެ ކަމަށް ޤަބޫލުކުރެ
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteވަރަށް މަޢުލޫމާތު މުއްސަނދި ލިޔުމެއް! ވަރަށް ތަރުތީބުން އަތުރާލާފައިވާކަން ފާހަގަ ކުރަން.
ReplyDeleteޢިބާރާތް ކުރުމާއި ގެނެސްފައިވާ ގޮތް ވަރަށްފުރިހަމަ.އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ފެށިގެން މިހާހިސާބަށް އައިސްފައިވާ ވާގޮތް ދައްކުވައިދޭ ވަރަށް ފުރިހަމަ އާރޓިކަލްއެއް.
ReplyDeleteޢިބާރާތް ކުރުމާއި ގެނެސްފައިވާ ގޮތް ވަރަށްފުރިހަމަ.އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ފެށިގެން މިހާހިސާބަށް އައިސްފައިވާ ވާގޮތް ދައްކުވައިދޭ ވަރަށް ފުރިހަމަ އާރޓިކަލްއެއް.
ReplyDeleteماشاءالله!.. މިފަދަ ލިޔުންތެރިންގެ ލިޔުންތައް ގިނަގިނައިން ކިޔާލަން ބޭނުން..
ReplyDeleteމިލިއުމަކީ ރަނގަޅު ފުރިހަމަ ލިއުމެއްކަން ފާހަގަ ކުރަން. ކިޔަވައިދިނުމުގެ ކުރީގެ ޓެކްނޮލޮޖީތަކަށް އިތުރަށް ބަލާލައި ތަފްޞީލުކޮށްލިނަމަ އަދި މާ ފަރިހަމަވީސް.
ReplyDeleteލިޔުމުގެ ސްޓައިލް ވަރަށް ރީތި. ބަސްމަގު ފަސޭހަ ލިޔުމެއް. ލިޔުންގަޑުގެ ތެރޭގައި ގުޅޭ ފޮޓޯ ހިމަނާލިނަމަ އިތުރަށް ފުރިހަމަވީސް.
ReplyDeleteޢީލްމީ ދިރާއެއްގެ މައްޗަށް ބިނާކޮށް ފައިވާ ލިޔުމެއެ! އެމުނި އެތުރުން ވަރަށް ފުރިހަމަކަވަސްމެ!
ReplyDelete